ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބަދަލު ގެނެސްފައި ވަނީ އައިލެންޑް އޭވިއޭޝަން ސާރވިސް ލިމިޓެޑް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ އިތުރުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށެވެ.
އައިލެންޑް އޭވިއޭޝަން ސާރވިސް ލިމިޓެޑްގެ ބޯޑަށް ގެނައި ބަދަލަކީ އެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި މއ.މޮންޓްރީލް މުހައްމަދު މިހާދު މަގާމުން ވަކިކުރުމެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުން މުޙައްމަދު ޒިޔާދު، ހ.ލައިނޫފަރު / މާލެ ވަކިކޮށް އެ މަގާމަށް އަހްމަދު ސައުދީ، އަލިމަސްގެ / ހއ.ހޯރަފުށި ވަނީ އައްޔަން ކޮށްފައެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން މެމްބަރަކު ވަނީ އައްޔަން ކޮށްފައެވެ. އެގޮތުން އައްޔަނުކޮށްފައި ވަނީ އަހްމަދު އަލީ، މއ.ވޭސައިޑް / މާލެ އާއި ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ސަޢީދު ޢަބްދުއްނާސިރު ބިން ސަޢީދު ޙަސަން އަލްޖުނައިދުގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބަރޓް ރެނިއެލްއެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ.
ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކުން މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމާއި ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ގުޅޭ ކަންކަން ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު