ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު އަދާކުރެއްވި އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ހަތް ދައުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
މިއަދުގެ އަޑުއެހުމުގައި މައުމޫން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު މުރާޖައާކުރުމަށްފަހު ތައިލެންޑަށް ދިއުމަށް ދެ ހަފްތާއަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފަ އެެވެ. އެގޮތަށް އެދިފައިވަނީ އޭނާގެ ދަރިންގެ ސްކޫލް ބަދަލުކުރުމުގެ މަރުޙަލާ ފުރިހަމަ ކުރުމަށްކަމަށް މައުމޫންގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ދައުލަތުން މިއަދު ބުނީ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދި މައުމޫންގެ ފަރާތުން ސިޓީއެއް ޕީޖީ އޮފީހަށްވެސް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ސިޓީގައި އޭނާ ތައިލެންޑަށް ދާންޖެހޭފަދަ ޟަރޫރަތެއް އޮތްކަން އަންގައިދޭ ލިޔެކިޔުމެއް ހިމަނާފައި ނެތް ކަމަށެވެ. އެހެންކަމުން ޕާސްޕޯޓް ދޫކޮށްލަން ބޭނުން ނުވާކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާތަކާ ގުޅޭ ބައެއް ލިޔެކިޔުންތައް މައުމޫނަށް ލިބިފައި ނުވާތީ ދައުވާ ސާފުކޮށްދިނުމާއި ޖަވާބުދާރީވުމުގެބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އޭގެ އިތުރުން މައްސަލަ ބައްލަވާ ޤާޟީ އިސްމާއީލް ޝަފީއު ވަނީ ޕީޖީ އޮފީހަށް މައުމޫން ފޮނުވި ސިޓީ ކޯޓަށް ހުށަހެޅުމަށް އަންގަވާފަ އެވެ. އަދި ޕާސްޕޯޓް ދޫކުރުމާމެދު ގޮތެއް ނިންމަވާނީ ލިޔެކިޔުންތައް ލިބުމުން ކަމަށާއި މައުމޫނަށް ކުރާ ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދާނީ ލިޔެކިޔުންތައް މައުމޫނަށް ލިބުމަށްފަހު ކަމަށް ޤާޟީ މިއަދު ވިދާޅުވިއެވެ.
މާނުގެ މައްޗަށް މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދަޢުވާ އުފުލާފައިވަނީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ މައްސަލާގައި ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ޕީޖީން ބުނީ މި ދަޢުވާތައް މައުމޫންގެ މައްޗަށް ސާބިތުވެއްޖެނަމަ ކޮންމެ ދަޢުވާއަކަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު