ބަންޑާރަނާއިބު އަޙްމަދު އުޝާމް
ބަންޑާރަނާއިބު އަޙްމަދު އުޝާމް
ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަނާއިބު އުނިކުރަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

މިއަދު ކުރިޔަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން އެ ބިލު ފާސްވެފައި ވަނީ 77 މެންބަރުންގެ ވޯޓުންނެވެ.

ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ހުށައެޅީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) އެވެ.

މެންބަރު ހުސެއިން ހުށައެޅުއްވި މި ބިލް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ފޮނުވި ގޮތަށެވެ. އަދި ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވަނީ ބިލަށް ހުށައަޅާފައިވާ އިސްލާޙުތަކަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ވިދާޅުވެފައެވެ.

ސިރާޖު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބާ ކައުންސިލްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާތީ، ބާ ކައުންސިލުގެ އެކްސްކޯގައި ބަންޑާރަ ނައިބު އިންނެވުމުން އެހެން މެންބަރުންގެ މިނިވަންކަން ގެއްލޭ ކަމަށެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އުނިކުރުމުން، އެ ކޮމިޓީގައި ތިއްބަވާނީ ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުންނެވެ. މިހާރު ބަންޑާރަ ނައިބާއެކު އެ ކޮމިޝަންގައި ހަ މެމްބަރުން ތިއްބަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން