ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ޢާއިލާ މީހަކާއެކު ޖިންސީ ޢަމަލެއް ހިންގަން އުޅުނު މީހަކު 7 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިމައްސަލާގައި ކްރިމިނަލް ކޯޓުން 7 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ ގ. ޢަރޫޝާމަންޒިލް، މާލެ ޙަސަން ރަޝީދުގެ މައްޗަށެވެ.

އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ، ޖިންސީ ކުށުގެ ޤާނޫނުގެ 22ވަނަ މާއްދާގެ ދަށުން މަހުރަމަކާ އެކު ޖިންސީގުޅުން ހިންގަން އުޅުމުގެ ކުށުގައެވެ. ކުށުގެ ބާވަތުން މުޅީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، ކޯޓުން ޢާއްމު ކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ މައްސަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކުރުމަށް ފަހުގައެވެ.

“ގާނޫނު ނަންބަރު 12/2016 (ޖިނާއީ ިއޖުރާއަތުގެ ގާނޫނު) ގެ 186 ވަނަ މާއްދާއާ ހަވާލާދީ މި މައްސަލައާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން ޙަސަން ރަޝީދު ބަންދުގައި ހޭދަކުރި މުއްދަތު، ޙަސަން ރަޝީދު މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމަށް ކަނޑައަޅައި، މިގޮތުގެ މަތިން ހުކުމްކޮށްފައި.” ކްރިމިނަލް ކޯޓުން ޢާއްމުކުރި މަޢުލޫމާތުގައިވެއެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ މީހަކު، އޭނާގެ މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގައި ބައިވެރިވުމަކީ، ނުވަތަ އެކަން ކުރަން އުޅުމަކީ، ނުވަތަ އެކަން ކުރުމުގައި އެހީތެރިވެދިނުމަކީ، ކުށެއް ކަމަށެވެ.

އަދި އެ މާއްދާގެ ށ. ގައި ބުނެފައިވަނީ މި މާއްދާގެ ހ. ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން