މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓަށް ކުރިން ނުގެންނަވަރުގެ ކުރިއެރުން ގެނެސްފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަޖީހު ރޭ ފޭސްބުކުގައި ވިދާޅުވީ ހިތަދޫ ޕޯޓުން ދޭން ފެށި ބަންކަރިންގެ ހިދުމަތް މާތް ﷲގެ އިރާދަފުޅުން ކުރިއަރަމުންދާ ކަމަށެވެ.

އެގޮތުން އިއްޔެ ވެސް ވަނީ ރާއްޖެއިން ބޭރުގެ ކާގޯ ބޯޓަކަށް ބަންކަރިންގ ހިދުމަތް ދެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު، ރާއްޖޭގެ މެރިޓައިމް ދާއިރާ އިތުރަށް ފުޅާކުރައްވައި، އެއިގެ ތެރެއިން ރާއްޖޭގެ ރީޖަނަލް ޕޯޓުތައް އިތުރަށް ތަރައްގީކޮށް، ދެވޭ ޚިދުމަތްތައް ވެސް ފުޅާ ކުރުމުގެ މަސައްކަތް ތައް އޮތީ ފަށާފައި ކަމަށެވެ.

އޭގެ ހެއްކެއްގެ ގޮތުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހިތަދޫ ޕޯޓުން ދެ ހިދުމަތެއް ދޭން ފެށިކަން އޭނާ ފާޙަގަ ކުރެއްވި އެވެ. އެގޮތުން ބަންކަރިންގެ ހިދުމަތުގެ އިތުުރުން ދާއިމީ ގޮތެއްގައި އިންޑިޔާއިން ކާގޯ ބޯޓު ހިތަދޫ ޕޯޓަށް އާދެވޭނެ އިންތިޒާމް ހަމަ ޖެއްސިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ ރީޖެނަލް ޕޯޓުތައް ކަމަށްވާ ހިތަދޫ ޕޯޓާއި، ކުޅުދުއްފުށީ ޕޯޓުގެ އުމުރުން މިވީ 19 އަހަރު ދުވަހުގެ ތެރޭ، ޕޯޓު ތަރައްގީ އަށްޓަކައި ވޭތުވެ ދިޔަ ދުވަސްތަކުގައި މަސައްކަތެއް ކުރެވިފައި ނެތް ނަމަވެސް، މިސަރުކާރުން ރީޖަނަލް ޕޯޓުތައް ތަރައްގީ ކޮށް އަތޮޅު ތަކުގެ ރައްޔިތުންނަށް އެކަމުގެ ހެޔޮ މަންފާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ." ވަޖީހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން