މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސަރވިސް އޭޖެންޓް، އޭސް ޓްރެވަލްސް މޯލްޑިވްސްއާ ދެމެދު ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ޚިދުމަތުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އޭސް ޓްރެވަލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާގެވެ.
މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއަރ ޓްރާންސިޕްމަނަޓްގެ ކާގޯގެ ޚިދުމަތް އަމަލީކޮށް ފެށި ފަހުން ދެ ތިން މަހުގެ ތެރޭގައި ނަތީޖާ "ފެންނަނީ ވަރަށް އުޖާލާކޮށް" ކަމަށެވެ.
"މި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަޅުގަނޑުމެން ކާގޯ ފޮނުވައިފިން. މިއީ ކުރިންވެސް އެއާލައިންތަކުން ފެށުމަށް އެދެމުން އައި ޚިދުމަތެއް. އެކަމަކު މިހާތަނަށް ކޮންމެވެސް ސަބަބުތަކަކާހެދި މިކަން ނުވެފައި އޮތީ. މި ސަރުކާރުން އައިސް މި ޚިދުމަތް މި ފެށީ،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ. "މިއީ އެހެން ގައުމުތަކުގައި ކުރިންސުރެ ކުރަމުން އަންނަ ކަމެއް. ސްރީލަންކާއިން ވެސް މިކަން ކުރޭ. އެކަމަކު ރާއްޖެއަށް މި ލިބޭ އެޑްވާންޓޭޖަކީ ރާއްޖެއިން (ވައިގެ މަގުގެ) ކަނެކްޝަންތައް (ހާއްސަކޮށް ޔޫރަޕަށް) ރަނގަޅުވުން."
ސީ.އީ.އޯ ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ޚިދުމަތް ފުޅާކުރުމަށްވެސް ސަރުކާރުން ބާރުއަޅާ ކަމަށެވެ. އަދި ގަތަރު އެއާވޭސްއާއެކު، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
"މިއީ ޑޮލަރުން އާމްދަނީ ލިބޭ ޚިދުމަތެއް. މި ޚިދުމަތް ލިބިގެން ފުޅާވެގެންދާ ވަރަކަށް، އާމްދަނީއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު