އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު
އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު
އައްޑޫ ސިޓީ މީދޫ އާއި، ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވަނީ، އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 71 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން މީދޫގެ އެއްގަމު ތޮށީގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ އިރު އެއްގަމު ތޮށި ލުމަށް ބޭނުންވާ ކެޕިންގް ބީމްގެ މަސައްކަތުގެ 52 ވަނީ ނިމިފަ އެވެ.

މި މަޝްރޫޢުގެ ދަށުން 61,396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ގަލުން ބޭރު ތޮށި ލުމުގެ މަސައްކަތާއި، 621 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.



އަދި 3،150 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހާއި ރޭމްޕް އެޅުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. 18 ސެޕްޓެމްބަރު 2019 ގައި ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢު އެމްޓީސީސީ އަށް ޙަވާލުކޮށްފައިވަނީ 33.4 މިލިއަން ރުފިޔާ އަށެވެ.

މީގެ އިތުރުން ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ބާރަށް ކުރިޔަށް ދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މުޅި މަޝްރޫއުގެ 22 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %46 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ފާހަގަ ކުރެއެވެ.



މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 51.72 މިލިއަން ރުފިއާއަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން