އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް އިތުރު ކުރި މާއްދާ އުވާނުލައި، އެ މާއްދާއަށް ގެންނަން ބޭނުންވާ އިސްލާހުތައް ހިމެނޭ ޑްރާފްޓެއް ތިން ހަފުތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން، މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތުން ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ އެއްވެއުޅުމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށެވެ. އެހެންކަމުން އެ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ ޤާނޫނަށް ހޯމް މިނިސްޓްރީން ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ގެނެވިދާނެ ބައެއް އިސްލާހުތައް ފާހަގަކުރަށްވަމުން އިމްރާން ވިދާޅުވީ އިސްލާޙުތަކުގެ ޑްރާފްޓެއް 3 ހަފްތާތެރޭގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި އެ މުއްދަތު ބޭނުންވަނީ، ކޯވިޑް-19 އާ ގުޅިގެން މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް އައިސޮލޭޓްވާން ޖެހޭ ހާލަތްތައް ކުރިމަތިވާތީ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ގްރީން ޒޯންތައް ކަނޑައެޅުމާއި އެއްވެވިދާނެ ވަކި ވަގުތުތަކެއް ކަނޑައެޅުމަކީ ގެނެވިދާނެ އިސްލާޙުތަކެއް ކަމަށެވެ. އެހެން ނަމަވެސް އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް ގެނެސްދިނުމާ އެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެ ކަމަށް ދިމާވާނެ ބޮޑެތި ދަތިތަކުން މިންޖުވާނެ ގޮތަކަށް އެ ގާނޫނު ބައްޓަން ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/brOCyCldO8
— People's Majlis (@mvpeoplesmajlis) August 18, 2020
ކިޔުންތެރިންގެ ހިޔާލު