އެމްޑީޕީ ސަރުކާރުގެ ޚިޔާނާތް ހަނދާން ނައްތާލެވޭ ވަރަށްވުރެ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެފައިވާ ޚިޔާނާތަކީ ހަނދާން ނައްތާލެވޭ ވަރަށްވުރެ ބޮޑު ޚިޔާނާތެއް ކަމަށާއި ގައުމު މިއަދު މި ހާލަތަށް އައީ އެ ސަރުކާރުގެ ސަބަބުން ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރި އިރު އިދިކޮޅުގައި އޮވެގެން ގައުމަށް ވާނޭ ގޮތުގެ ވާހަކަދެއްކެވި ކަމަށާއި ފައިސާ ޗާޕްކުރުމުން މަޖިލީހުގައި ތިއްބަވައިގެން ޖަލްސާތަކުގައި ވެސް ވާނެ ގޮތުގެ ވާހަކަދެއްކި ކަމަށެވެ.
ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވާ އޭރު ވާހަކަ ދެއްކެވި ނަމަވެސް އޭރުގެ ސަރުކާރުން ދެއްވީ ބީރު ކަންފަތެއްކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވެވިއެވެ.
“އޭސީސީގައި ބައެއް މައްސަލަތައް މިހާރު ވެސް ހިނގަމުން އެބަ ދޭ. ބައެއް ބޭފުޅުން މި މައްސަލަތަކާއި ގުޅިގެން އާލާސްކަންފުޅާ ރާއްޖެއިން ބޭރަށް ވަޑައިގަތީމަ އެ ބޭފުޅުން ހާޒިރުކުރުމުގެ ކަންތައްތައް ވެސް ކުރިއަށްއެބަދޭ." މާލީގޮތުން ރާއްޖެއަށް ދިމާވަމުންދާ މައްސަލަތައް ދިމާވީ ކުރީ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ސަބަބުން ކަމަށް ވިދާޅުވެ އެބޭފުޅުންގެ މައްސަލަތައް ބަލަމުން ގެންދާކަން ފާހަގަ ކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މާލީގޮތުން ރާއްޖެއަށް ދިމާވަމުންދާ ކަންތައްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު.އިސްކޮށް ހުންނަވައި މަޖިލީހާއެކުގައި ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސިޔާސީ ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް ރައީސް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ސަރުކާރަށް ނުވަ މަސް ފުރިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވެ ވަޑައިގެން ހުރިހާ ވައުދެއް ރައީސް ފުއްދަވަމުން ގެންދަވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު