ސްލޯޕިންގެ މަސައްކަތް ކުރިޔަށް ގެންދަން ޖެހޭތީ ކ. ތިލަފުށީގެ ފަޅުތެރެއިން އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ބުނީ ހަތް ދުވަހުގެ ތެރޭގައި އެ ސަރަހައްދުން އުޅަނދުތައް ނަގަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގައި އުޅަނދުތައް ނުނަގާނަމަ ”ކ. ތިލަފުއްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރަމުގެ އުސޫލު“ ގެ ދަށުން އުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުން ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން، 1516 އަށް ގުޅައިގެން ކުރިޔަށް ގެންދިއުމަށެވެ.

ތިލަފުށި ހިތްކައި ތަރައްގީކުރުމަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އާންމުންގެ ފަރާތުން އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން