މާލެއާ ލ. އަތޮޅު ގަމާ ދޭތެރޭގައި ދަތުރު ކުރާ ”އަކިރިސް“ ނަމަކަށް ކިޔާ ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހޯދައިފިއެވެ.

މާލެ ދަތުރުކުރަމުން ދަނިކޮށް ލާމު އަތޮޅުގެ މުދާ އުފުލާ ބޯޓު ގެއްލުނު އިރު އެ ބޯޓުގައި 14 މީހުން ތިއްބެެވެ. މި ބޯޓުގެ ހަބަރެއް ނުވެގެން ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައި ވަނީ ރޭ 19:10 ހާއިރެވެ.

އެމްއެންޑީއެފްއިން ބުނީ، ގެއްލިގެން ހޯދަމުން ދިޔަ އެ ބޯޓު ’ލޮކޭޓް‘ ކުރެވިފައި ވަނީ މ. ރަތްްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި ވަނިކޮށް ކޯސްޓް ގާޑުގެ އިންޓާސެޕްޓާ ކްރާފްޓް މާފަތް ލޯންޗަށް ކަމަށެވެ.

އަދި މި ބޯޓުގައި ތިބި އެންމެންގެވެސް ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން