ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ކުރިން ނިންމި ނިންމުމަކީ ދެވަނަ ބަޣާވާތްކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މި މަހުގެ 25 ވަނަ ދުވަހު ނިންމި ނިންމުމަކީ ސަރުކާރުގެ އިރުޝާދާ ހިލާފަށް ކުރި ކަމެއް ކަމަށާއި އަދި އެއީ ބަަޣާވާތެއް ކަމަށް ސަރުކާރުުން ވަނީ ސިފަކޮށްފަ އެވެ. ބޭންކުން ފަހުން ވަނީ އެނިންމުން ބަދަލުކޮށްދައެވެ.

އޭގެ ފަހުން ހަމަ މި ހަފްތާގައި ސަރުކާރުން ވަނީ ކުރިން ނިންމާފައި އޮތް އެހެން ނިންމުމެއް ބަދަލުކޮށްފަ އެވެ. އެގޮތުން ޚާއްޞަ އުސޫލެއްގެ ދަށުން ލޯބޮޑު ކަންނެއްޔާއި ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުއްދަދޭން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމިކަން އިއުލާންކުރައްވައިފަ އެވެ.

އެ ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް އިސްކުރެއްވީ ސިނާއަތުގެ މަސްލަހަތު ކަމަށެވެ.

ޝިޔާމްގެ ވާހަކަތަކާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ ސިނާއަތާއި ގައުމުގެ މަސްލަހަތު އިސްކޮށްފައި ވަނިކޮށް ބޭކާރުގޮތަކަށް އެކަން ބަދަލުކުރަން އުޅުމުން އިޔާދަނުކުރެވޭ ގެއްލުން ރާއްޖޭގެ ރެޕިއުޓޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތަކީ ބުއްދި އިސްކުރައްވައިގެން މިނިސްޓަރުންވެސް ސިޔާސްތުކަނޑައަޅާ އިއުލާނުކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ކުރިން ނިންމި ނިންމުމަކީ ބަޣާާވާތެއް ގޮތަށް ވެސް ފައްޔާޒު ސިފަ ކުރެއްވި އެވެ.

"މިނިސްޓްރީތަކުން ބަޣާވާތްކުރުން ރަނގަޅެއްނޫން. ކިރިޔާ މި ސަލާމަތްވީ ފިޝަރީސް ބަޣާވާތަކުން. އަނެއްކާވެސް ރައީސް މުއިޒުއަށް މިޖެހިވަޑައިގެންނެވީ މާލީ ބަޣާވާތަކަށްފަހު ދެވަނަޔަށް ފިޝަރީސް ބަޣާވާތަކުން ސަރުކާރު ސަލާމަތްކުރަން." ފައްޔާޒް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން