މާލެ ސިޓީ
މާލެ ސިޓީ
މާލެއަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަަނީ މާލެއަށް ނިސްބަތްވާ ތަސްލީމް މުހައްމަދު ނަމަކަށް ކިޔާ އުމުރުން 43 އަހަރުގެ މީހެކެވެ. އޭނާ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފެކެވެ.

އޭނާ އިއްޔެ ދަތުރުދިޔައީ ރައްޓެހިތަކަކާއެކު ކަމަށާއި އޭގެ ފަހުން އޭނާ ގެއްލިގެން އުޅޭ ކަމަށް އާއިލާއަށް އެންގި ކަމަށް އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އޭނާ މޫދަށް އެރުނުކަން އޭނާއާއެކު ދަތުރުދިޔަ މީހުންނަށް ނޭންގޭ ކަމަށްވެސް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އާއިލާއިން ބުނީ ފުލުހުންނަށް ތަސްލީމްގެ ފޯނާއި، ދަބަސް އަދި ސައިކަލު ތަޅުދަނޑި އާއި ދަތުރު ގެންދިޔަ ސާމާނު ފެނިފައިވާކަން އާއިލާއަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުންދާކަމަށް އާއިލާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ.

އަދި އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން