ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި ޑިއުޓީގައި ތިބި ދެ ދިވެހި ޑޮކްޓަރުންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ދިވެހި ދެ ޑޮކްޓަރަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނީ މީސްމީޑިޔާގައި މީހަކު ކުރި ޕޯސްޓަކާ ގުޅިގެންނެއެވެ. އެ ޕޯސްޓު ހިއްސާ ކުރި މީހާ ބުނީ، ބަންގްލަދޭޝްގައި ހުންނަ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި ރޭގައި ދިވެހި ދެ އިންޓާން ޑޮކްޓަރުން ޑިއުޓީގައި، ބަލި މީހުންނަށް ފަރުވާ ކުރަމުން ދަނިކޮށް، ޖިސްމާނީ އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

މިވާހަކަ ހިއްސާކުރި މީހާ ބުނީ މި ހާދިސާގައި އެތަނުން އެއް ޑޮކްޓަރުގެ ގައިގައި ޖަހާފައިވާއިރު، އަނެއް ޑޮކްޓަރު ގެ އަތުގައި ހިފައި ދަމާފައި ގެންދިޔަ ކަމަށެވެ. މި ހާދިސާ ހިނގާފައިވާގޮތް ހިއްސާކުރަމުން ދެފަރާތެއްގެ ދެމެދުގައި ދެކެވިފައި ހުރި ވާހަކަތަކެއްގެ ސްކްރީންޝޮޓް ތަކެއް ވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. އެ ސްކްރީންޝޮޓް ގައިވާ ގޮތުން އެ ދެ ޑޮކްޓަރުންނާއި މެދު މިފަދައިން އަމަލު ކުރިއިރު، އެތަނުގައި ސީނިއާ މީހުން ވެސް ތިބި ކަމަށާއި، އެމީހުން އެކަންތައް މާބޮޑު ކަމަކަށް ނެހެދި ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ހޮސްޕިޓަލުގެ ޑައިރެކްޓަރު ކައިރިއަށް ދިޔުމުން، އެ ދެ ޑޮކްޓަރުންނަށް އަނިޔާ ކުރި ފަރާތުން، އެވާހަކަތައް ދޮގުކޮށް، ސީސީޓީވީން ހެކި ދެއްކުމަށް ބުނި ކަމަށްވެސް ވާހަކަ ހިއްސާކުރި މީހާ ވަނީ ބުނެފައެވެ. އަދި މި ހާދިސާއަށް ފަހު އެ ދެ ޑޮކްޓަރުން ގެއަށް ފޮނުވާލުމުގެ ބަދަލުގައި ޑިއުޓީގައި ތިބުމަށް ސީނިއާ މީހުން ބުނިކަމަށް ވެސް އެ ޕޯސްޓްގައި ވެއެވެ.

މި އަނިޔާތަކާއި ގުޅިގެން ދެ ގަޑިއިރު ވަންދެން ދެ ޑޮކްޓަރުން ބިރުން ސްޓޯރ ރޫމްގައި ތިބިކަމަށް ވެސް ޕޯސްޓްގައި ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް އެއް އަހަރުގެ ތެރޭގައި، އިންޓާންޝިޕް ނިންމޭތީ ވަރަށް ގިނަ ދިވެހި ދަރިވަރުން ބަންގްލަދޭޝްއަށް ކިޔަވަންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭ ގޮތުން ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން