އަހުޒަމް އަޙްމަދު   2 ސެޕްޓެމްބަރު 2024 - 7:50
މިދިޔަ މަހުގެ ދެވަނަ ވަނަ ދުވަހު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ރޭސް ކާރެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހުނު މައްސަލާގައި ހައްޔަރުކޮށްފައި ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށްފިއެވެ.

އަލުން ހައްޔަރުކޮށްފައި ވަނީ އެ ހާދިސާ ހިނގިއިރު ކާރު ދުއްވަން އިން އިބްރާހިމް އިކްރާމެވެ. އޭނާ ވަނީ އެ ހާދިސާ ހިނގި ވަގުތު ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިަގއި އޭނާއަށް ބަންދުގެ މުއްދަތު ޖެހި ނަމަވެސް ވަކީލަކު ހަމަޖައްސަން އޭނާއަށް އެކަށީގެންވާ ފުރުސަތުދީފައި ނުވާކަމަށް ބުނެ އިއްޔެ ކޯޓުން އިކްރާމް ދޫކޮށްލިއެވެ.

އޭގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވަނީ އެކަން ހިނގާފައިވާ ގޮތް ތަހުގީގުކުރައްވާނެ ކަމަށާއި އެކަމުގައި އިހުމާލުވާ މީހަކަށް ނުވަތަ ބަޔަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި ހޯމް މިނިސްޓަރު އޭގެ ފަހުން ރޭ ދަންވަރު އެކްސްގައި ވިދާޅުވީ އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން