ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅި ސަފީރު، ޝިއުނީން ރަޝީދު ސަފީރުކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް، މުހައްމަދު ޝަހާބުއްދީނަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައި ވަނީ އެގައުމުގެ ވެރިރަށް ޑާކާގައި ހުންނަ ބަންގްލަދޭޝް ރައީސްގެ ގަނޑުވަރު، ބަންގާބަބަންގައެވެ.

މި ރަސްމިއްޔާތަށް ފަހު ރައީސް ޝަހާބުއްދީން ވަނީ ރާއްޖޭގެ ސަފީރު ޝިއުނީނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އަދި ސަފީރު ޝިއުނީން ވަނީ މި މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ފަރާތްޕުޅުން ބަންގްލަދޭޝްގެ ރައީސް އަށާއި އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައެވެ.

މީގެ އިތުރުން، ދެގައުމުން އެއްބާރުލުން ދިނުމަށް އާ މަގުތައް ހޯދުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ޝިއުނީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުވެފައިވަނީ 22 ސެޕްޓެމްބަރ 1978 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން