ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށްޓަކައި އިތުރު އެޕްލިކޭޝަންތަކެއް ތައާރަފު ކޮށްފިއެވެ.

މި އެޕްލިކޭޝަންތައް އިފްތިތާހު ކޮށްފައިވަނީ އިއްޔެ އިސްކަންދަރު ކޮށީގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ފުލުހުން ބުނީ، އެޕްލިކޭޝަންތަކުގެ ތެރޭގައި އޮޓޮމެޓިކް ސްޕީޗް ރެކޮގްނިޝަން ވެސް ހިމެނޭނެ ކަމަށާއި މި އެޕްލިކޭޝަންތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންތަކެއް ކަމަށެވެ.

ރޭ އިފްތިތާހުކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ކުރިން ބޭނުންކުރަމުން ގެންދިޔަ ބައެއް އެޕްލިކޭޝަންތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމަށްފަހު އިފްތިތާހު ކުރި އެޕްލިކޭޝަންތައް ހިމެނެއެވެ.

ރޭ އިފްތިތާހުކުރި އެޕްލިކޭޝަންތަކަކީ، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް، ޕީއައިއައި ޓީމްސް އެޕްލިކޭޝަން، ޕަރސަން އޮފް އިންޓަރެސްޓް ޕޯޓަލް، ނެއިބަހުޑް ސަޕޯޓް ސިސްޓަމް، ޓެކްނިކަލް އޮޕަރޭޝަން ޕްލެޓްފޯމް، އޮޕްސް މޮބައިލް އެޕް އަދި ފޭސް އެޕްއެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މި އެޕްލިކޭޝަންތަކުގެ ބޭނުން ހިފައިގެން ފުލުހުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މައުލޫމާތު ބެލެހެއްޓުމާއި ޚިދުމަތް ދިނުން އަވަސްވެގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން