ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ އާއިލާއިން ދެކޮޅުހެދި ނަމަވެސް، އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ރާއްޖޭން ބޭރަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ، އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ ޕޯސްޓްމޯޓެމް ހަދަން ހަމަޖެހިފައިވަނީ މާދަމާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ މިމަހުގެ ދެވަނަ ދުވަހުގެރޭ 19:02 ގައި ކަމަށެވެ.
ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ދޭތެރޭ 30 މިނެޓު ހޭދަވެފައިވާކަން ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން އެނގެއެވެ.
އޭނާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. އެހެންވެ، އެ މައްސަލަ ބަލައި، އަތުހަރު މަރުވި ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގައިދީއަކު މަރުވުމުން އަމަލު ކުރާނެ ސިޔާސަތުތަކަށް މިފަހުން ގެނައި ބަދަލުތަކާ އެއްގޮތަށް އަތުހަރުގެ ހަށިގަނޑުވެސް ޢާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށެވެ.
އަތުހަރު ދަންޖެހުނު ހާދިސާގެ ކުރިން އޭނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އޭނާގެ ބޮލަށް އަނިޔާ ލިބުނީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރި ހާދިސާގައި އެ އަންހެންމީހާ ސަލާމަތްކުރުމަށްޓަކައި ފުލުހަކު މުގުރަކުން އަތުހަރުގެ ބޮލުގައި ޖެހުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު