އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ބިދޭސީންގެ ބަޔަކު އަތުލައިގެންފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން މިއަދު އިމިގްރޭޝަންގެ ޓާސްކު ފޯހުން ހިންގި އޮޕަރޭޝަނުގައި ފަސް ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި މި ޚާއްސަ ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

‏މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރެވެމުން ދާ ކަމަށާއި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން