ގައުމުގައި މޫލާފައި ހުރި ދާހިލީ ސަލާމަތާއިގުޅޭ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ އަތުލައިގަތް މައްސަލަ އާއި ގުޅިގެން "އެކްސްގައި" އޭނާ ކުރެއްވި ޕޯސްޓެއްގައެެވެ. އެކަމަށް އިޝާރަތްކުރައްވަމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯސް އިން މިއަދު ހިންގަން ފެށި މި އޮޕަރޭޝަންގައި ބައިވެރިވާ ހުރިހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިތްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެެވެ.



"17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި މޫލާފަހުރި ދާހިލީ ސަލާމަތާއިގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން އިއްޔެ އިމިގްރޭޝަންގެ ޓާސްކު ފޯހުން ހިންގި އޮޕަރޭޝަނުގައި ފަސް ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ. އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި މި ޚާއްސަ ރެއިޑުގައި އަތުލައިގެންފައިވަނީ ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއެކެެވެ. މިމައްސަލައިގައި އަތުލައިގަތް ބިދޭސީ މީހުންގެ އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން