ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެެވެ.
ހުޅުމާލޭގައި މިރޭ ދަންވަރުގެ ވަގުތެއްގައި އެކްސިޑެންޓު ހިނގައިފައިވަނީ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތިންނެވެ. އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސްޕޯޓްސް ކާރަކާ ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި ޒުވާނާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެެވެ.
އިއްޔެރޭ މާލޭގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާގެ ހާލު ވެސް ސީރިއަސް އެެވެ. އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު