ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް ކުރިއަށްގެންދާ ޙަރަކާތުގެ ތެރެއިން
ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް ކުރިއަށްގެންދާ ޙަރަކާތުގެ ތެރެއިން
ފުލުހުންގެ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މިއަދު ހުޅުމާލޭގައި އޮންނާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ މިއަދު ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް އިއްޔެ މާލޭގައި ބާއްވާފައިވާ ކަމަށެވެ. އަދި މިއަދު އެ ޙަރަކާތް އޮންނާނީ ހުޅުމާލޭގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި މި ޙަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހި، މެރީބްރައުން ސަރަހައްދުގައެވެ.

އިއްޔެ މާލޭގައި ބޭއްވި ޙަރަކާތުގައި ފުލުހުން އެއްގަމާއި ކަނޑުގައި ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ.

މި ޙަރަކާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ބައިވެރިވެފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ޙަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

ކުރީގެ އެން.އެސް.އެސް. ގެ ދަށުން ހިންގަމުންދިޔަ ގެންދިޔަ ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށީ 2024 ސެޕްޓެމްބަރު 1 ގައެވެ. މަދަނީ ހިދުމަތެއްގެ ގޮތުގައި ދޭން ފެށި ފުލުހުންގެ ހިދުމަތަށް މިއަހަރު ވަނީ 20 އަހަރު ފުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން