ޚިޔާނާތުގެ އަސްލު ސަބަބަކީ ބިޑް ކޮމިޓީތަކުގެ ވެރިންނަށް ސިޔާސީ މީހުން ތިބުން ކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިއަންދު ވިދާޅުވެއްޖެއެވެ.
މިވަގުތު ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަންގެ މަޤާމުގައި ހުންނެވި ތަޖުރިބާކާރު އޮޑިޓަރ އިސްމާޢީލް ޒަރިޔަންދު މިގޮތަށް ވިދާޅުވެފައި މިވަނީ، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓެއް ކުރިއަށް ގެންދިޔައިރު ފާހަގަވެފައިވާ ޚިޔާނާތަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކާ ގުޅިގެން ކުރެއްވި ޓްވީޓެއް ގައެވެ.
ޒަރިޔަންދު ވިދާޅުވީ، ސިޔާސީ ބޭފުޅުންނަކީ ސަރުކާރުގައި ގިނަ ދުވަހު ޚިދުމަތްކުރައްވާ ދާއިމީ މުވައްޒަފުންގެ އޮންނަފަދަ ސުލޫކީ ހަމަތަކުގެ ކޮންޓްރެކްޓެއް އޮންނަ ބައެއް ނޫން ކަމަށެވެ. އަދި ޤަވާއިދާއި ޚިލާފަށް ހިންގާ ޕްރޮކިއުމަންޓް ޙަރަކާތްތަކުގެ އެންމެ ގިނަ މައްސަލަ އުފެދެނީ އެކަމުގެ ސަބަބުންކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
"ޤަވާއިދާއި ޚިލާފަށް ހިންގާ ޕްރޮކިއުމަންޓް ހަރާކާތުގެ އެންމެ ގިނަ މައްސަލަ އުފެދެނީ، ސަރުކާރުގެ އޮފީސްތަކުގެ "ބިޑް ކޮމިޓީތަކުގެ" ޗެއަރ އަށް ފަންނީގޮތުން ޤާބިލުނޫން ސިޔާސީ ބޭފުޅުންތިބުން." ޒަރިޔަންދު ވިދާޅުވިއެވެ.
އަދި ދައުލަތުގެ މުވައްޒަފުން ލިޔެކިޔުންތަކުގައި ސޮއިކުރައްވާއިރު ވެރިޔަކު ވަކިގޮތަކަށް އަންގަވައިގެން ޢަމަލުކުރައްވާނަމަ، އެ އެންގެވުމެއް ލިޔުމުން ހޯއްދެވުމަށް ޒަރިޔަންދު ވަނީ އިލްތިމާސް ކުރަށްވާފައެވެ. އަދި މަޤާމުގެ ދަހިވެތިކަމުގައި ޤާނޫނާއި ޚިލާފު އަމުރަށް ތަބާނުވުމަށް ނަސޭޙަތްތެރިވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި 75 ވެންޓިލޭޓަރެއް ހޯދުމަށް ހިންގި މުޢާމަލާތުގައި ދަޢުލަތަށް 30.9 މިލިއަން ރުފިޔާ ގެއްލުނު މައްސަލާގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.
މީގެ އިތުރުން ޒަރިޔަންދު ވަނީ، ދައުލަތުގެ މާލީ ހަމަތައް ޤާއިމުކުރެވިފައިވާނީ މާލީ މުޢާމަލާތެއްގައި ހިމެނޭ ހުރިހާ ފަރާތެއް ޒިންމާދާރު ކުރެވިގެން ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުން 30 ވަރަކަށް މިލިޔަންރުފިޔާ ގެއްލި، އެ މުޢާމަލާތުގެ ވަކިހަމައަކުން ޒިންމާވާންޖެހޭ ގޮތަށް އޮންނަނަމަ، ތަޙްޤީޤުކުރާ ފަރާތުން އެކަމަށް ވަރަށްބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު