ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިޢު
ކުޅިވަރުގެ ޤާނޫނަށް ބަދަލުގެނަސް ސްކޫލް ސްޕޯޓްސް ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ހޮޅުފަހި އެވޯޑު ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ކުޅިވަރަކީ ހަމައެކަނި ހިތްހަމަ ޖައްސާލުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ބަލައިގެން ކުޅިވަރުގެ ޙަޤީޤީ ފައިދާ ނުލިބޭނެ ކަމަށެވެ.

އޭގެ ބަދަލުގައި ކުޅިވަރަކީ މީހާގެ ސިފަވަންތަކަން އިތުރަށް ތަރައްޤީކޮށް އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުންވެސް މީހާއަށް ކުރިއެރުން ލިއްބައިދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް މަގުފަހިވާނެ ގޮތަށް މުޅި ރާއްޖެ ޝާމިލްވާހެން ކުޅިވަރުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ސްޕޯޓްސް ޓީޗަރުން ތަމްރީނުކޮށްގެން ސްކޫލް ސްޕޯޓްސް ސިސްޓަމެއް ޤާއިމްކުރުން ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން ރިވެތި އަޚްލާޤާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަށިހެޔޮ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވަޒީރު ވިދާޅުވިއެވެ.

“މީ ކުޅިވަރުގެ ތެރެއިން އަޅުގަނޑުމެންގެ މުޖުތަމަޢަށް ކޮންޓްރިބިއުޓް ކުރެވޭނެ ކަންތައްތައް. މީ އިންސާނާ ރަގަޅު އިންސާނެއްގެ ގޮތުގަ ބައްޓަން ކުރުމަށްޓަކައި ކުރެވޭނެ ކަންކަން.” ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސްކޫލް ސްޕޯޓްސް ސިސްޓަމްގެ ސަބަބުން ދަރިވަރުންނަށް މޮޅުވުމާއި ބަލިވުން ގަބޫލުކުރަން ދަސްކޮށްދީ، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން