ބަންޑާރަނާއިބު އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު ޢައްޔަނު ކޮށްފިއެވެ.
ބަންޑާރަނާއިބު އޮފީހުން މިއަދު ބުނެފައިވަނީ މިއަދު އެއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސުލްޠާނާއަށް މަޤާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ކަމަށެވެ.
ސުލްތާނާ ވަނީ މީގެކުރިން 2012 އިން ފެށިގެން 2019 އަށް ބަންޑާރަނައިބު އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކޮށްފައެވެ. ސުލްޠާނާ އެންމެ ފަހުން ހުންނެވީ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުގަ އެވެ.
ސުލްތާނާ ވަނީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯއިން ބެޗެލާ އޮފް ސޯޝަލް ސައިންސަސް ފުރިހަމަ ކޮށްފަ އެވެ. އަދި މެލޭޝިޔާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން މާސްޓާ އޮފް ޕަބްލިކް ޕޮލިސީ ހާސިލުކޮށްފައިވެ އެވެ.

މި އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރެވުނު އަލްފާޟިލާ ސުލްޠާނާ ޝާކިރަށް މަރުޙަބާ ދަންނަވަން. pic.twitter.com/0bTLDodg4W
— AG Office Maldives (@AGOmv) September 9, 2024
ސުލްތާނާ ވަނީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯއިން ބެޗެލާ އޮފް ސޯޝަލް ސައިންސަސް ފުރިހަމަ ކޮށްފަ އެވެ. އަދި މެލޭޝިޔާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން މާސްޓާ އޮފް ޕަބްލިކް ޕޮލިސީ ހާސިލުކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު