ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައި ކަމަށެވެ. 20 ވަނަ މަޖިލީހުގައި 92 މެންބަރުން ތިއްބަވާއިރު ޖަލްސާ ބާއްވަން ބޭނުންވާ 31 މެންބަރުންގެ ސޮއި ހަމަވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްއިރު ޕީޖީގެ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ފޯމު ރައީސް އޮފީހަށް ބަލައިގަތުމުގެ ސުންގަޑިއަކީ މިއަދު މެންދުރު 12:00 ގެ ނިޔަލަށެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހުގެ ދެ ޖަލްސާ ބާއްވަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވުމުން އެ ނަންފުޅު ހުށަހެޅުއްވުމަށް ބާއްވާ ޖަލްސާ އާއި ކޮމެޓީ މަރުހަލާ ނިމި ރައީސް ފޮނުއްވަވާ ނަންފުޅަށް ގޮތެއް ނިންމެވުމަށް ބާއްވާ ޖަލްސާއެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޕީޖީގެ އޮފީހުން ހާމަކޮށްފައިވަނިކޮށެވެ.
ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓުންނެެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އިންނެވީ އެންމެ މެންބަރެކެެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަންވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު