ބަނގުލަދޭޝަށް ނިސްބަތްވާ ޢުމުރުން 26 އަހަރުގެ އެމްޑީ ކާލޫ
ބަނގުލަދޭޝަށް ނިސްބަތްވާ ޢުމުރުން 26 އަހަރުގެ އެމްޑީ ކާލޫ
ގިނަ ޢަދަދެއްގެ ބަނގުރަލާއެކު ހުޅުމާލޭން ބަނގުލަދޭޝް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ބަނގުލަދޭޝަށް ނިސްބަތްވާ ޢުމުރުން 26 އަހަރުގެ އެމްޑީ ކާލޫ ހައްޔަރުކޮށްފައިވާ ކަމަށެވެ.

“ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވެއެވެ.” ފުލުހުން މަޢޫލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ބަނގުރަލުގެ މައްސަލައެއްގައި ބިދޭސީއެއް ހައްޔަރު ކޮށްފައިވާއިރު ރާއްޖޭގައި އަދަދު ނޭނގޭ މިންވަރަށް ބިދޭސީން ހަރަކާތްތެރި ވަމުން ދިއުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން އަތުލައިގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން