ފުލުހުން ޓްރެފިކް ބެލެހެއްޓުމަށް ޙަރަކާތްތެރިވަނީ
ފުލުހުން ޓްރެފިކް ބެލެހެއްޓުމަށް ޙަރަކާތްތެރިވަނީ
މިދިޔަ 3 ދުވަހުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން އެއްގަމުގައި ދުއްވާ 9 އުޅަނދު ހުއްޓުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިދިޔަ 3 ދުވަހު، 291 އުޅަނދު ބަލައި ފާސްކޮށް 76 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރުފުރޮޅުލީ 40 އުޅަނދާއި، 251 ސައިކަލެވެ.

ފުލުހުން ބުނީ މިދިޔަ 3 ދުވަހުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން 9 އުޅަނދު ހުއްޓުވާފައިވާކަމަށެވެ. އެއީ މާލެއިން 4 އުޅަނދާއި ހުޅުމާޅެއިން 5 އުޅަނދެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން ހަތަރު ފުރޮޅުލީ 2 އުޅަނދާއި 23 ސައިކަލު ހިފަހައްޓާފައި ވެއެވެ.

މިދިޔަ 3 ދުވަހު ފުލުހުންވަނީ ޖުމްލަ 39 އުޅަނދެއް ޓޯކޮށްފައެވެ. އެއީ ހަތަރުފުރޮޅުލީ 6 އުޅަނދާ 33 ސައިކަލެވެ.

ފުލުހުން ހުއްޓުވި އުޅަނދުތަކުގެ ތެރެއިން 77 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މާލޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު މާލޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

އެހެންކަމުން ބުރިޖާއި ހައިވޭ ޕެޓްރޯލްކުރަން ސައިކަލު ބޭނުންކުރަން ފެށުމަށް ފުލުހުން މިހާރުވަނީ ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން