މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ޅ. ހިންނަވަރާއި ޅ. ނައިފަރުގައި ކުރިއަށް ގެންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި އިންޓަލިޖެންސް އަދި ނޯތް ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ އިތުރު މައުލޫމާތު އޮޕަރޭޝަން ނިމުމުން މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު މަސްތުވާތަކެއްޗާއި ނުރައްކާތެރި ކުށްތައް ހުއްޓުވަން ފުލުހުންގެ ހާއްސަ ޔުނިޓެއް މިހާރު ވަނީ އެކުލަވާލާފައެވެ.

ފުލުހުން ދާދިފަހުން ވަނީ ފުވައްމުލަކުގައި ހިންގި "ވެށި ރައްކާތެރި" އޮޕަރޭޝަންގަައި އެރަށުން 14 މީހުން ހައްޔަރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން