ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ހުސްވެފައިވާ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް 3 ބޭފުޅަކު ފޯމު ހުށައަޅުއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީގެ މަޤާމަށް ފޯމު ހުށައަޅުއްވާފައިވަނީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.

އަދިވެސް އިތުރު ބޭފުޅުން ޕީޖީގެ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްއިރު ޕީޖީގެ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ފޯމު ރައީސް އޮފީހަށް ބަލައިގަތުމުގެ ސުންގަޑި މިއަދު މެންދުރު 12 ޖެހީއިރު ވަނީ ހަމަވެފައެވެ.

އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ 21:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަންވާނެ ކަމަށެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހުގެ ދެ ޖަލްސާ ބާއްވަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވުމުން އެ ނަންފުޅު ހުށަހެޅުއްވުމަށް ބާއްވާ ޖަލްސާ އާއި ކޮމެޓީ މަރުހަލާ ނިމި ރައީސް ފޮނުއްވަވާ ނަންފުޅަށް ގޮތެއް ނިންމެވުމަށް ބާއްވާ ޖަލްސާއެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން