މީހެއްގެ ޖީބުން ވެއްޓުނު 17000 ރުފިޔާ ފުލުހުން ކުރި މަސައްކަތުން ހޯދައިދީފިއެވެ.

ފުލުހުން މިއަދު ބުނީ، އަމިއްލަ މީހެއްގެ ޖީބުގައި އޮތް 17000 ރުފިޔާ މަގުމައްޗަށް ގެއްލިފައިވާ ކަމުގެ ރިޕޯޓެއް މި މަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި އެ ރިޕޯޓު ލިބުމާއިއެކު ސީސީޓީވީ ފުޓޭޖުގެ ހޯދައި އޭގެ އެހީގައި، އެ ފައިސާ ނެގި މީހާ ގަލޮޅު ފުލުހުން ދެނެގަނެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި އޭނާ ހޯދައި އެ ފައިސާ ވެރިފަރާތާއި ހަވާލު ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ފުލުހުންގެ މަސައްކަތުން މި ފައިސާ ހޯދައިދިނުމުން ފުލުހުން ކުރި މަސައްކަތަށް ގިނަބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން