ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން މެދުތެރޭ ޣައްޒާގައި ހުންނަ އަލްޖައުނީ ސްކޫލަށް ދިން ހަމަލާގައި އދ ގެ ހަ މުވައްޒަފަކާ އެކު ގިނަ ބަޔަކު ޝަހީދުވެއްޖެއެވެ.

މި ހާދިސާގެ މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ ހަމަލާގައި އަންހެނުންނާއި ކުޑަކުދިންވެސް ޝަހީދުވެފައިވާއިރު މިހާތަނަށް 18 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

އޭގެ ތެރެއިން ހަ މީހުންނަކީ ޔޫއެންއާރުޑަބްލިއުއޭގެ މުވައްޒަފުން ކަމަށާއި އޭގެ ތެރޭގައި އެ ތަނުގެ މެނޭޖަރު ވެސް ހިމެނޭ ކަމަށެވެ.

އެ އިދާރާއިން ބުނީ 11 މަސް ދުވަހުގެ ހަނގުރާމައިގައި އެއް ހާދިސާއެއްގައި އެ އިދާރާގެ މުވައްޒަފުން އެންމެ ގިނައިން މަރުވީ މި ހާދިސާގައި ކަމަށެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާތައް ދީ ކުށެއްނެތް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި 41،084 މީހުން މަރުވެ 95،029 މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާގައި އިސްރާއީލުގެ މަރުވި މީހުންގެ އަދަދު 1،139 އަށް އަރާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން