އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ގެއަކަށް ވައްދައި ފޭރެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ/ވެސްޓްސައިޑް، އިއްފަތު މުހައްމަދު (41އ.) އެވެ.
ބަންދު އަމުރުގައިވާ ގޮތުން އިއްފަތު ވަނީ ޖުމްހޫރީ މައިދާނުން ދިމާވި މީހަކަށް އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ފިނިހިޔާ ގޯޅީގައި ހުރި ގެއަކަށް ވައްދައި އޭނާގެ ފޯނާއި ފައިސާ އަތުލުމަށް މަސައްކަތްކޮށްފަ އެވެ.
އޭގެ އިތުރުން އިއްފަތު އެ މީހާގެ ކަރުގައި ގަލަމަކުން ޖައްސާ ހަޅޭނުލެވުމަށް ވެސް ބުނި ކަަމަށް އަމުރުގައި ބުނެފައި ވެއެވެެ.
އިއްފަތަކީ ފޭރުމާއި އެހެނިހެން ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންވެ އިއްފަތު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެ ކަމަށް ބުނެ އޭނާ 15 ދުވަހަށް ބަންދު ކުރަން އިއްޔެ ވަނީ މުއްދަތު ޖަހައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު