މާފަންނު ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 9 ވަނަ ދުވަހު މާލޭ ގެސްޓު ހައުސްއެއްގެ ތެރެއިން ޒަހަމްތަކަކާއެކު ފެނުނު މީހާއާ މެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މި މަހުގެ 11 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކ.ތުލުސްދޫ ޕެރިސް ފައުޒާން ޒަރީރާއި މއ.ވޮއްކޮޅުގެ އަހްމަދު މާޒިން އިބްރާހީމެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ހެންވޭރުގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ޒަޚަމްތަކަކާއެކު ފެނުނު މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު