ބިދޭސީން ރައްކާތެރި ތަންތަނުގައި ބައިތިއްބަން ވަޒީފާ ދޭ ފަރާތްތަކަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ގޮވާލައްވައިފި އެވެ.

ޝަމްއާން ރޭ އެކްސްގައި ވިދާޅުވީ ރާއްޖެއަށް އެކިއެކި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީންގެ ކެއުމާއި ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ ފަރާތްތައް ރާއްޖެއަށް ގެންނަ އެމްޕްލޮޔަރުގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން މަސައްކަތްތެރިން ބައިތިއްބަނީ އާއްމު ސަލާމަތަށް ނުރައްކާ ނުވާނެ ފަދަ ތަންތަނުގައި ކަން ކަށަވަރު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

"އަދި މިފަދަ ތަންތާނގައި ކެއްކުން ފަދަ ކަންކަން ކުރާއިރު، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް." ޝަމްއާން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން