ފުލުހުން މީގެ ކުރިން ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުވުމުގެ ސެޝަންއެއްގެ ތެރެއިން--
ފުލުހުން މީގެ ކުރިން ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުވުމުގެ ސެޝަންއެއްގެ ތެރެއިން--
މީސް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކުގެ ނުރައްކަލާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަންތަކަަށް އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިއްސާކުރުމުން ދިޔަ 571 ޓެލެގްރާމް ޗެނަލް މިދިޔަ ހަފްތާގައި ފުލުހުން ވަނީ ހޯދާފައެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިބަރ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ ބައެއް ފަރާތްތަކުން ދެކެނީ ބަރަހަނާ މަންޒަރުތައް ޝެއަރ ކުރުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ކިހާ ނުރައްކާތެރިކަމެއް ކަމާމެދު އެ ފަރާތްތަކުން ނުވިސްނާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒީފް އިތުރަށް ވިދާޅުވީ ސޯޝަލް މީޑިއާއަށް މީހަކު ދޫކޮށްލާ ފޮޓޯތަކުގެ ނާޖާއިޒު ފައިދާ ކުށްތަކަށް އަރައިގަންނަ މީހުން ނަގަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން އަތުލައިގަތް ޓެލެގްރާމްތަކުގެ މައްސަލައިގައި ވެސް މީސް މީޑިއާ މަންސަތައް ކަމަށްވާ އިންސްޓަގްރާމް ނުވަތަ ފޭސްބުކްގައި ޕޯސްޓުކޮށްފައި ހުންނަ ފޮޓޯތައް އެޑިޓްކޮށް ބަރަހަނާ މަންޒަރުތައް ހިމެނޭ ގޮތަަށް ހަދައި އެފަދަ ކަންކަން ކުރަން ކޮށްފައިވާ ޗެޓުތައް ވެސް ފެނިފައިވާ ކަމަށެވެ.

އެހެންކަމުން މީސް މީޑިއާއަށް ދޫކޮށްލާ އަމިއްލަ ފޮޓޯތަކަކީ ކިހާވަރެއްގެ ފޮޓޯތަކެއްތޯ ފަރުދެއްގެ ހައިސިއްޔަތުން ވިސްނުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތެއްގެ ހައިސިއްޔަތުން ނުވަތަ ކޮންމެ ފަރުދެއްގެ ހައިސިއްޔަތުން ނަމަވެސް މި ދޫކޮށްލެވޭ ކޮންޓެންޓަކީ ކިހާވަރެއްގެ ކޮންޓެންޓެއްތޯ. ނުވަތަ މިސާލަކަށް ކިހާވަރެއްގެ ޕަރސަނަލް ޑާޓާތަކެއްތޯ މި ޝެއާ ކުރެވެނީ. އަޅުގަނޑުމެން ފުލުހުންގެ ފަރާތުން މި ހިންގާ ޚާއްޞަ އެވެއާނަސް ސެޝަންތަކުގައި ވެސް މުޅި ޖުމްލަކޮށް އަަޅުގަނޑުމެން އަލިއަޅުވާލައިފައިވާނީ މި ބަޔަށް އަޅުގަނޑުމެންގެ ޑާޓާާ ޕްރޮޓެކްޝަންއަށް. އެކަމަކު ހިތާމައަކީ އަޅުގަނޑުމެން މި ހިންގާ އެވެއާނަސް ސެޝަންތަކުގައި ވެސް އެންމެ އެކަށީގެންވާ އެއްބާރުލުން ނުލިބޭ. އެއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. ޚާއްޞަކޮށް ޕޭރަންޓުންގެ ފަރާތުން" އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން