ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ ރިޝްވަތުގެ ފައިސާ ބަހައިގެން ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރުން ކުރާ ކަންކަމަށް ތަކުރާރުކޮށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. ޚާއްޞަކޮށް ރޭގެ ވާހަކަފުޅުގައި އެކިފަހަރު މަތިން ވަނީ މި ސަރުކާރަށް ތާއީދު ނެތްކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ޔާމީން ވިދާޅުވީ، މި ސަރުކާރަށް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތްކަމަށާއި ރައީސް މުޢިއްޒު ކުރައްވާ ކަންކަން އެ ކުރައްވަނީ ރައްޔިތުންނަށް ސިޔާސަތެއް ވިއްކައިގެން ނުވަތަ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކޮށްދީގެން ނޫންކަމަށެވެ. އޭގެ ބަދަލުގައި އެ ހުރިހާ ކަމެއްވެސް ހިންގަނީ ނާޖާއިޒު ގޮތުގައި މީހުންނަށް ރިޝްވަތު ދީ، ފައިސާ ބަހައިގެން ކަމަށް ޔާމީން ވިދާޅުވިއެވެ.

"މުޢިއްޒުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއްކުރަނީ ނާޖާއިޒުކޮށް މީހުންނަށް ރިޝްވަތު ދީގެން، ފައިސާ ބަހައިގެން" ޔާމީން ވިދާޅުވިއެވެ.

ޔާމީންވަނީ ޕީޕީއެމްގެ އަޑު ކަނޑުވާލަން އެ ޕާޓީގެ އިސް ފަރާތްތަކުން މަސައްކަތް ކުރިކަމަށާއި އެ މީހުން ތިބީ "ޓްރެއިޓަރސް" ގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީ ތެރޭ ވެސް ހިންގަނީ ރިޝްވަތުގެ ކަންކަންކަމަށާއި އެގޮތުން ޕީޕީއެމްގެ އަޑު ކަނޑުވާލާފައިވަނީ ނާޖާއިދު ފައިދާ ނެގުމުގެ ބޭނުމުގައި ކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން