ފުވައްމުލަކުގައި މިއަދު ހިނގި ހާދިސާގެ ތެރެއިން
ފުވައްމުލަކުގައި މިއަދު ހިނގި ހާދިސާގެ ތެރެއިން
ފުވައްމުލަކުގައި ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅުނު ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:32 ހާއިރު ފުވައްމުލަކު ސިޓީގައި ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުނު ދެ ބިދޭސީއަކާއި ދެ ދިވެހިންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި 4 މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މިމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން