ބިދޭސީއެއްގެ ފޯނު ވަގަށް ނެގިކަމުގެ ތުހުމަތުގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ތ. ގުރައިދޫ ޒަމީން ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް އެވެ.
ފުލުހުން ބުނީ ރޭ 18:30 ހާއިރު ރައްފުސްގޯޅި ފިއުޝަން މާޓު ކައިރީގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރި ވަމުން ދަނިކޮށް، ބިދޭސީ ފިރިހެނަކު އޭނާގެ ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އޭނާގެ ފޯނު ގެއްލިފައިވަނީ އޭނާ ދިރިއުޅޭ ގެސްޓު ހައުސްގައި ނިދާފައި އޮއްވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ބިދޭސީމީހާ ދިރިއުޅުނު ގެސްޓު ހައުސްގައި ހުރި ސީސީޓީވީ ކެމެރާގެ ފޫޓޭޖު ބަލައި ފޯނު ވަގަށް ނެގިމީހާ ދެނެގަނެފައިވެއެވެ. އަދި ރޭ 21:00 ހާއިރު އޯކިޑު މަގު ފަތަހަ ސްޓާރ ކައިރިން ފޯނު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހުއްޓުވައި ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މައްސަލާގައި ތުހުމަތު ކުރެވޭ މީހާއާ ސުވާލު ކުރުމުން ނޯތު ހާބަރުގައި އޮތް ސްޕީޑު ބޯޓެއްގައި ހުރި ބިދޭސީ މީހަކަށް އެފޯނު ވިއްކާލިކަމަށް ބުނެ ތުހުމަތަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފޯނު ވިއްކާލި މީހާގެ އަތުން ފޯނު ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު