މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމެންޓް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ 9 ބުރީގެ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގައި ލަގްޒަރީ ރެޒިޑެންޝަލް އެޕާޓްމެންޓް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޝަކީލު ވިދާޅުވީ އެތަން އިމާރާތްކުރުމުގެ މަސައްކަތަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށާއި، އިމާރާތް އެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި ބިން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އަދި ނުނިމިހުރި އިދާރީ މަސައްކަތްތައް ނިމުމާއެކު މި ޕްރޮޖެކްޓުގެ ހުރިހާ މައުލޫމާތެއް އާންމުކޮށް ހިއްސާ ކުރާނެ ކަމަށްވެސް ޝަކީލު ވިދާޅުވިއެވެ.
އަދި މީގެ އިތުރުންވެސް ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް މި ކޯޕަރޭޝަންގެ ދަށުން ރާވަމުންދާ ކަމަށާއި، އޭގެ މައުލޫމާތުވެސް ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށް ޝަކީލު ވަނީ ވިދާޅުވެފައެވެ.
ހައްޖު ކޯޕަރޭޝަންގެ 9 ބުރީގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު ހެނދުނު އަޅާފައިވާއިރު، މި ބިންގާ އަޅުއްވައިދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަކީލު އާއި ޗެއާމެން އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް އާއި، ކުންފުނީގޭ ބޯޑު މެމްބަރުންނާއި އިސްވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު