މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގައި ކުރިން އޮތް ފޯރިއާއި ޖޯޝު ގެންނަން މަސައްކަތްތަކެއް ކުރަމުން ދާކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނާއެކު ސައި މޭޒެއްގައި އިންނަވާ ފޮޓޯއެއް އެކްސްގައި އާންމު ކުރައްވަމުން މޫސަ ވިދާޅުވީ، އެމްޑީޕީގައި ކުރިން އޮތް ޖޯޝާއި ފޯރީގައި މަސައްކަތްކޮށް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި އެކަން ކުރެވޭނީ އެ މަސައްކަތުގައި މީގެކުރީން ވެސް އުޅުނު މީހުން ބައިވެރިކޮށްގެންކަން ޕާޓީގެ ލީޑަރޝިޕަށް ގަބޫލު ކުރުވަންޖެހިފައި ވާކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެ މަސައްކަތުގެ މަޝްވަރާތައް އާންމު މެންބަރުން އެބަ ކުރާކަމަށެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވިފަހުން އެ ޕާޓީ ފެންނަނީ ވަރަށް ނިކަމެތިކޮށެވެ. ހާއްސަކޮށް ދެން ޖެހިގެންއައި މަޖިލިސް އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީއާއެކު އެ ޕާޓީގެ މެންބަރުން އެކަތިގަނޑަކަށް ހެދުމަށް ޕާޓީގެ ލީޑަރޝިޕަށް ވަނީ ދަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން