އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
ދިވެހި މަސްވެރިންނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދަނީ އިހުމާލުވަމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވެފައިވަނީ، އަވަށްޓެރި ސްރީލަންކާއަކީ ރާއްޖޭގެ މަސްވެރި ކަމުގައި މުހިއްމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށާއި ދިވެހި މަސްވެރިންނަށް ސީދާ ލަންކާގެ ބާޒާރަށް މަސް ވިއްކޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސަޢީދު ވިދާޅުވީ، ފަހަކަށް އައިސް ދިވެހި މަސްކަނޑުތަކުގައި ބޭރުގެ މަސްވެރިންނަށް ދާއެޅުމުގެ ހުއްދަ ސަރުކާރުން ދީފައިވާކަމަށެވެ. އަދި އެކަމަކީ ސަރުކާރުން ދުރާލާ ރާވައިގެން ކުރާ ކަމެއްކަން ހާމަވަމުންދާ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.

ސަޢީދު އިތުރަށް ވިދާޅުވީ، "މިއީ ދިވެހި މަސްވެރިންނަށާއި، ޤައުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ވާ ބޮޑު އިހާނާތެއް" ކަމަށެވެ. ސައީދު މިފަދައިން ވިދާޅުވެފައިވާއިރު، ސައީދު ނިސްބަތްވާ ރައީސް ޔާމީންގެ ސަރުކާރުން މަސްވެރިންނަށް ވީ ހަމައެކަނި ވަޢުދު ކަމަށްވާ ބެޔަސް ނުބެޔަސް 10000 ރުފިޔާގެ ވަޢުދު، ދައުރު ނިމުނުއިރުވެސް ފުއްދިފައި ނުވާކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ރާއްޖެއާއި ލަންކާއާ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް އުފައްދާފައި އޮންނަ ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާއި ލަންކާގެ ވިޔަފާރީގެ ގުޅުން އެތައް ގަރުނަކަށް ދެމިގެންދާ ކަމަށެވެ. އަދި އޭގެ ތެރެއިން މަސްވެރިކަމުގެ ވިޔަފާރީގައި ދެ ގައުމުގެ ގުޅުން ބަދަހިކަން އެމަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދެ ޤައުމުގެ މަސްވެރިންނަށް ދެޤައުމުގެ ކަނޑުތައް ހުޅުވާލުމަކީ ދެޤައުމަށްވެސް ފައިދާހުރި ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސައުދު

22-Aug-2020

މިވަގުތު ދަތި އުނދަގުލުންވެސް ބޭނުންވަނީ އުފާވެރި ހިދުމަތް ލިބޭނެ މަގުހިފުން.!



ފަހުގެ ލިޔުންތައް

ޓްރެންޑިން