ބައްޕައަކު އޭނާގެ އަންހެން ދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގައިފައި ވަނީ މާލޭގައި ދިރިއުޅޭ މެދު ރާއްޖެ ތެރޭގެ އާއިލާއެއްގެ ތެރޭގެ އެވެ.

އެގޮތުން އެ ފިރިހެން މީހާ އޭނާގެ ދެ އަންހެން ދަރިންނަށާއި އާއިލާގެ އެހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ރޭ ދަންވަރު ހުށަހަޅާފައިވާ ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެނެއް ހައްޔަރުވެސްކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި ޖިންސީ ގޯނާ ކޮށްފައިވަނީ 18 އަހަރު ނުފުރޭ ކުދިންނަށް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން