އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ މައްޗަށް ތުހުމަތު ކުރެވޭ، ޤުރުއާން ތަރުޖަމާ ޗާޕުކުރުމުގައި ކޮރަޕްޝަނުގެ ޢަމަލެއް ހިންގި ކަމުގެ މައްސަލަ އަލުން ރިވިއުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި އެދިއްޖެ އެވެ.
ގުރުއާން ތަރުޖަމާ ޗާޕްކުރުމުގެ މަސައްކަތުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް އައްސަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، އޭނާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުއެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް އެ މައްސަލާގައި ޖިނާއީ ދަޢުވާ ކުރުމަށްފަހު ފަހުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައްސަދުގެ އެ މައްސަލައިގެ އިތުރުން އިތުރު 30 މައްސަލައެއް އަލުން ރިވިއު ކުރުމަށް އެދި އޭސީސީއިން ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އޭސީސީން މި މައްސަލަތައް ރިވިއު ކުރުމަށް ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ ޖިނާއީ އިޖުރާޢަތުގެ ޤަވާއިދާ ޚިލާފަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހާއި، އޭސީސީންވެސް ރަސްމީ ކޮމެންޓެއް ކޮށްފައި ނުވާއިރު، މި މައްސަލަތަކާ ގުޅިގެން އެ ދެ މުއައްސަސާއިން މަޝްވަރާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު