މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު ބިދޭސީ މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއްކަން "ރަސް"އަށް އެނގިއްޖެ އެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު އެ މައްސަަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރް އާލަމް، 45އ. އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ޖަހަންގިރަކީ އެންމެ ފުރަތަމަ ރާއްޖޭގައި ފިހާރައެއްގެ ސޭޓަކަށް އުޅުނު މީހެކެވެ.

ނަމަވެސް އޭނާ ކުއްލިއަކަށް ފެނުނީ އަމިއްލަ ފިހާރައެއް ހުޅުވި ތަނެވެ. އޭނާ ކުއްލިއަކަށް ފިހާރައެއް ހުޅުވުމުން އޭރުވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އޭނާ އެ ފިހާރަ ހިންގަމުން ދިޔައީ ހެންވޭރުގައި ހުންނަ މޫކައި ހޮޓަލާ ކައިރީގައި ހުންނަ ގޯޅިގަނޑެއްގެ ތެރޭގަ އެވެ.

"ރަސް"އާ ވާހަަކަ ދެއްވި އެ ހިސާބުގަނޑުގައި ކުރިން ފިހާރައެއް ހިންގި އެހެން މީހަކު ބުނީ ޖަހަންގިރަކީ އެ ހިސާބުގައި މުދާ ނުއަގުގައި ވިއްކައިގެން އުޅުނު މީހެއް ކަމަށެވެ.

އަދި އޭނާގެ އެކިއެކި އުނދަގޫ އެ ސަރަހައްދުގެ ވިޔަފާރިތަކަށް ވެސް ކުރާ ކަމަށް އޭނާ ބުންޏެވެ.

މަޑި ދަށުން ވައްކަންކުރި ޖަހަންގީރު އެކަން ކުރި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވެސް ފުލުހުން ކޯޓަށް ހުށަހެޅިއެވެ. އޭނާ މިހާރު ހުރީ ކޯޓު އަމުރާއެކު 15 ދުވަހަށް ބަންދުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން