ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އާއި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)
ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އާއި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)
މާލޭ ގެސްޓް ހައުސްއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ދެމީހަކަށް ދަޢުވާކުރަން ފޮނުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ 2024 ޖުލައި 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި ގިނަ ޢަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށެވެ.

އެގޮތުން، އެ މީހާއަށް ތޫނު އެއްޗެހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެމައްސަލާގައި ތުހުމަތުކުރެވޭ ދެމީހުންގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މައްސަލާގައި ދަޢުވާ ކޮށްދިނުމަށް ފުލުހުން އެދިފައިވަނީ ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އާއި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށެވެ.

އޭގެއިތުރުން ފުލުހުން ބުނެފައިވަނީ މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ފަހަކަށް އައިސް މާލޭ ސަރަޙައްދުގައި ވައްކަމާއި ފޭރުމުގެ ޢަމަލުތައް އިތުރުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން