މައްސަލާގައި ތުހުމަތުކުރެވޭ 3 މީހުން
މައްސަލާގައި ތުހުމަތުކުރެވޭ 3 މީހުން
މއ. މަސްފަންގެއަށް މީހަކު ވައްދައި ފޭރުނު މައްސަލާގައި 3 މީހަކަށް ދަޢުވާކުރަން ފޮނުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ 2024 ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި ފޭރިފައިވާ ކަމަށެވެ.

އެގޮތުން އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށެވެ.

މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް ފުލުހުންގެ އިދާރާއިން އެދިފައިވަނީ، މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ ސޯމާ، ޝަފީޤު އިބްރާހީމް (35އ) މައްޗަށެވެ.

މި މީހުންގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި އަނިޔާ ލިބުނު މީހާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000 ރުފިޔާ ފޮނުވުމުގެ އިތުރުން އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000 ރުފިޔާ ވަނީ ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން