ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފަށް އިންޓަވިއު ކުރުން މިއަދަށް ތާވަލު ކޮށްފިއެވެ.
އައްބާސް ޝަރީފަށް އިންޓަވިއު ކުރުމުގެ ބައްދަލުވުން ޖުޑިޝަރީ ކޮމިޓީގައި ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު 13:00 އަށެވެ.
މީގެކުރިން ޖުޑިޝަރީ ކޮމިޓީން ވަނީ އައްބާސްގެ ނަންފުޅާމެދު ޝަކުވާ ހުށައެޅުމަށްވެސް ހުޅުވާލާފައެވެ. އަދި އެ މުހުލަތު މިއަދު 12:00 އަށް ވަނީ ހަމަވެފައެވެ.
އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރަށްވާފައެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ގައި ފާސްކުރުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު