އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
ދިވެހިރާއްޖޭގެ ކުންފުނީގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުތަކަށް އިތުރު ބަދަލެއް ނުގެނެސް ބިލު އޮތްގޮތަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ދިވެހިރާއްޖޭގެ ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމެވުމަށްފަހު ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި 77 މެންބަރުންވަނީ ބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވާފައެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިއަދު ވަނީ ބިލު ދިރާސާ ކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.

ބިލު އިޤްތިޞާދީ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން މިއަދު ބޭއްވި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި 8 މެންބަރުންގެ ވޯޓުން ފާސްކުރަށްވާފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އޮތްގޮތަށް ފާސްކުރުމަށެވެ.

ސަރުކާރުން ކުންފުނީގެ ޤާނޫނުގެ 100، 113 އަދި 126 ވަނަ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވަނީ ކުންފުނީގެ ހާއްސަ ޢާންމު ޖަލްސާއެއް ބާއްވަން މެންބަރުން އެދެފިނަމަ އެކަމަށް އެދި ނޯޓިސް ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާގެ ދައުވަތު ދޭންވާނެ ކަމަށާއި އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންވާނެ ކަމަށެވެ. ކުންފުނީގެ ޤާނޫނުގައި މިހާރު އޮންނަނީ ނޯޓިސް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށެވެ.

އޭގެއިތުރުން ކުންފުނީގެ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓަރެއް ނެތްނަމަ ނުވަތަ އެކަން ރަޖިސްޓްރާގެ ސަމާލުކަމަށް އެއްވެސް ފަރާތަކުން ގެނެސްފިނަމަ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓުން އައްޔަނު ކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި އެގޮތަށް އެންގުމުން 10 ދުވަހުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާވަރަށް ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓަރު އައްޔަނުކޮށް އެކަން ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން