ރައީސް ޞާލިޙް އާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ
ރައީސް ޞާލިޙް އާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ
އަންނަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ހަފުތާގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ބައްވާ ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ އިންޑިއާގެ ޝިޕިން ކޯޕަރޭޝަންގެ 20 ފޫޓުގެ 200 ކޮންޓޭނަރާއި 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭނެ ބޯޓެއްގައި މި ފެރީގެ ހިދުމަތް ސެޕްޓެމްބަރު މަހުގެ ތިންވަނަ ހަފުތާގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ކޮންމެ 10 ދުވަހަކުން މި ބޯޓުން ދަތުރެއް ފުރިހަމަ ކުރާއިރު، މި ހިދުމަތް އެންމެ ފުރަތަމަ ފަށާނީ މާލެއަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ހދ. ކުޅުދުއްފުށްޓައް ވެސް މި ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.



ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ، ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު ފެށިގެން މިދާ ކާގޯ ފެރީގެ ޚިދުމަތާއެކު ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ކުޅުދުއްފުއްޓަކީ މި ކާގޯ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މި ފެރީގެ ނިޒާމުގެ ސަބަބުން އުތުރުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނޭ ކަމަށް އެ މިނިސްޓަރީން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން